ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ޑރ. ޙަސަން ޙަމީދު އަދި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް ޑރ. ޒާހިރު ޙުސައިން އައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ޑރ. ޙަސަން ޙަމީދު އަދި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް ޑރ. ޒާހިރު ޙުސައިން  އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ޑރ. ޙަސަން ޙަމީދު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން އައްޔަން ކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވެވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް މިއަދު އައްޔަނު ކުރެއްވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޒާހިރު ޙުސައިނަކީ އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުގެ އިތުރުން ދައުލަތުގެ އެކިއެކި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ޒާހިރު ޙުސައިން އެންމެފަހުން އަދާކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުކަމުގެ މަޤާމެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް މިއަދު އައްޔަން ކުރެއްވި ޑރ. ޙަސަން ޙަމީދު މީގެ ކުރިން އަދާކުރައްވާފައިވާ މަޤާމު ތަކުގެތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރގެ މަޤާމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ.

މިއަދު އޮންލައިން