މިނިސްޓަރަށް ބާރުތައް ދޭގޮތަށް ޤާނޫނުތައް ފާސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް- މިހާރުވެސް މިނިސްޓަރަށް ހުރިހާ ކަމެއް ކުރެއްވޭނެ!: ސައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މިނިސްޓަރަށް ބާރުތައް ދޭގޮތަށް ޤާނޫނުތައް ފާސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް- މިހާރުވެސް މިނިސްޓަރަށް ހުރިހާ ކަމެއް ކުރެއްވޭނެ!: ސައުދު

ފިޝަރީޒް މިނިސްޓަރަށް ހުރިހާ ބާރުތައް ދޭގޮތަށް މަޖިލީހުން ޤާނޫނުތައް ފާސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި އިތުރު ޤާނޫނުތައް ފާސް ނުކުރި ނަމަވެސް މިހާރުވެސް މިނިސްޓަރު ބޭނުންވެވަޑައިގެންފިނަމަ މިނިސްޓަރަށް ހުރިހާ ކަމެއް ކުރެއްވޭނެ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ސައުދު މިއަދު ވިދާޅުވީ މަސްވެރިކަމާއިބެހޭ ޤާނޫނު މަޖިލީހުން ފާސްކުރާނަމަ އެ ޤާނޫނަކީ ޤަވާއިދުތައް ހިމެނޭ އަދި ކަންކަން ކުރަންޖެހޭ ގޮތްތައް ބަޔާން ކުރާ ޤާނޫނަކަށް ވާންއ ޖެހޭނެ ކަމަށެވެ.

ސައުދު ވިދާޅުވީ ޤާނޫނެއް ފާސްކުރުމުގެ ބޭނުމަކީ އެޤާނޫނުގެދަށުން ކަންކަން ކުރަންޖެހޭނެ ގޮތް ފުރިހަމައަށް ބަޔާންކޮށް މީހުންނަސް އެކަން އަނގައިދިނުން ކަމަށާއި މިނިސްޓަރަށް ހުރިހާ އިޚްތިޔާރެއް ދޭގޮތަށް ޤާނޫނުތައް ފާސްކޖުރުމުން އެކަމުގެ ފައިދާ ނުކުރާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ސަރަހައްދެއްގައި އޯފްޝޯ ޕްލެޓްފޯމް އަޅައި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ގޮވާލައިފައެވެ. އަދި މިފްކޯގެ ހިންގުމަށް އިބްލާޙީ ބަދަލުތައް ގެނައުމަށާއި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު އޮންލައިން