ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިިއުކޭޝަނުން ސްކޫލްތަކަށް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިިއުކޭޝަނުން ސްކޫލްތަކަށް އަންގައިފި

ސަރުކާރު ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅައި ކަލެންޑަރ ކޮށްފައިވާ ބަންދު ދުވަސްތައް އަދި ހުކުރު ދުވަހު އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އަދި ސްކޫލުތަކުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ އާއްމު ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނެރެ ވާނެގޮތަކަށް މަސައްކަތްތައް ރޭވުމަށްވެސް ސްކޫލްތަކަށް އެޑިިއުކޭޝަން މިނިސްޓްރީން ވަނީ ދަންނަވާފައެވެ.

އެހެންނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން އެޑިިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ނެރެވޭނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން