ތިން ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިން ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދީފި!

ތިން ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުންތަކުގައި  އެރަށްތަކުގެ ކައުންސިލްތަކާއެކު މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފައިސާގެ އެހީ ދިނުމަށް ސޮއިކުރީ ޅ. އޮޅުވެލިފުށި ކައުންސިލާއި، އއ. ފެރިދޫ ކައުންސިލާއި، އަދި ފ. މަގޫދޫ ކައުންސިލެވެ.

އޮޅުވެލިފުށި ކައުންސިލާއެކު ޤަބުރުސްތާނު ވަށާފާރު ރޭނުމަށް ފައިސާގެ އެހީ ދިނުމަށް ސޮއިކުރި އިރު ހޯމް މިނިސްޓްރީން ވަނީ 235،643 ދިނުމަށް ނިންމާފަ އެވެ.  އަދި އއ. ފެރިދޫ ކައުންސިލާއެކު ސޮއިކުރީ ތިން ލައްކަ ރުފިޔާއަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ފައިސާގެ އެހީދިނުމަށެވެ. މީގެއިތުރުން ފ. މަގޫދޫ މަގުބައްތި މަރާމަތް ކުރުމުގެ މަޝްރޫއަށް މިނިސްޓްރީން ތިން ލައްކަ ރުފިޔާ ދިނުމަށް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުއެވެ.

 

މިއަދު އޮންލައިން