ކީރިތި ޤްރުއާނާ ދެކޮޅަށް ކުރާ ކޮމެންޓްތައް ނޫސްތަކުގަ ޝާއިޢު ނުކުރަން އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކީރިތި ޤްރުއާނާ ދެކޮޅަށް ކުރާ ކޮމެންޓްތައް ނޫސްތަކުގަ ޝާއިޢު ނުކުރަން އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި

ކީރިތި ޤްރުއާނާއި އަދި ޤްރުއާން ކިޔެވުމާއި ދެކޮޅަށް މީހުން ކުރާ ކޮމެންޓް ނޫސްތަކުގައި ޝާއިޢު ނުކުރުމަށް ތައުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފިއެވެ.

އާދަމް ޝަރީފް ވަނީ މިކފަދަ ކަންކަމުގައި ނޫސްތަކުން މިހާރަށްވުރެ ޒިންމާދާރުވުމަސް އެދިވަޑައިގެންފައެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ ކީރިތި ޤްރުއާން ކިޔެވުމަކީ ވަގުތު ނަގައިލުން ކަމަށާއި އަދި ކީރިތި ޤްރުއާން ކިޔެވުމަކީ އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނެފައިވާ ކޮމެންޓެއް ނޫހެއްގައި ޝާއިޢުކުރުމުންނެވެ.

މިފަދަ ކޮމެންޓެއް ކުރާނީ މުރުތައްދުވެގެން ހުރި މީހެއްކަން އެނގޭއިރު އަދި މިފަދަ ކަންކަން ކުރަމުން ގެންދާއިރު ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ރައްޔިތުންގެ މަޖިލީހުން ވެސް މަޖިލީހުގެ ކޮމިޓީއަކުން ވެސް އެއްވެސް ފިޔަވަޅެއް އަޅަމުން ގެންދާތަން ނުފެންނަކަން ގިނަބައަކު ދަނީ ފާހަގަކުރަމުންނެވެ.

އާދަމް ޝަރީފުގެ ސިޔާސީ ހަޔާތާއިމެދު ސުވާލުތަކެއް ހުރި ނަމަވެސް އާދަމް ޝަރީފުގެ މި ބަސްފުޅަކީ ވިސްނަން ޖެހިފައިވާ ކަމެއްކަން ފާހަގަ ކުރެވެއެވެ.

މިއަދު އޮންލައިން