ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިހައަރު ހައްޖަށް ދިޔަ ޙައްޖުވެރިއަކަށް ސްޓްރޯކެއް ޖެހި ކޯމާއަކަށް ހިންގައްޖެއެވެ.
މިކަމާގުޅިގެން ދިވެހި ހައްޖު މިޝަނުން ބުނެފައިވަނީ ހާލުސީރިއަސްވީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ (38 އަހަރު) ކަމަށެވެ.
މިހާދިސާ ދިމާވީ މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ކަމަށާއި މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައި މިހާރު އޮތީ ކޯމާއެއްގައި، ލައިފް ސަޕޯޓުގައިކަމަށްވެސް ދިވެހި ހައްޖު މިޝަނުން ވަނީ ބުނެފައެވެ.
މިއަހަރު ރާއްޖެއިން ދެހާސް މީހުން ހައްޖަށް ގޮސްފައިވެއެވެ.