ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގިނަ އަދަދެއްގެ ރައްޔިތުންނާއި ޢީދު ސަލާމް ކުރައްވައިފިއެވެ.
އެމަނިކުފާނު ޢީދު ސަލާމް ކުރެއްވީ އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދު ނަމާދަށްފަހުއެވެ. ގިނަ ބައަކު ވަނީ ޢީދު ސަލާމްކޮށް އެމީހުންގެ އިޙްޞާޞްތައް އެމަނިކުފާނަށް ދަންނަވައިފައެވެ.
ފިޠުރު ޢީދުގައިވެސް އެމަނިކުފާނު ވަނީ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޢީދު ސަލާމް ކުރައްވައިފައެވެ.