މިއަދުގެ އިރު އޮއްސުމާއިއެކު ޙައްޖުވެރިން ދަތުރުފަށާނީ މުޛްދަލިފާއަށެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދުކުރާނީ މުޒުދަލިފާގައެވެ.
މުޛްދަލިފާގައި މަޑުކޮށް ހިލަ ހޮވުމަށްފަހު ބައެއް މީހުން މިރޭ މިނާއަށް ދަތުރުފަށާނެއެވެ. ގިނަ މީހުން ދަތުރުފަށާނީ ފަތިސް ނަމާދު މުޛްދަލިފާގައި ކުރުމަށްފަހުގައެވެ.
އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހަކީ ޖަމްރާތަކަށް ހިލަ އުކުމުގެ ދުވަހެވެ. ހިލަ އުކައި ނިމެންދެން މަޑުކުރާނީ މިނާގައެވެ. މިނާގައި ތިބޭއިރު ފޭލިގެ ތަކުގައި ދަރުސް ދިނުމާއި އެނޫންވެސް އެފަދަ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަސް ގެންދާނެއެވެ.