ރާއްޖެއިން މިއަހަރު ހައްޖަށް ދިއަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް މާތްﷲ ވާގިފުޅާއިއެކު ރަނގަޅު ކަމަށާއި ހުރިހާ ޙައްޖުވެރިންނަށްވެސް ވަގުތަށް އަރަފާތު ބިމަށް ދެވުނުކަން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވަނީ ޔަޤީންކޮށްދެއްވައިފައެވެ.
ހުރިހާ ޙައްޖުވެރިންވެސް މިއަދުގެ އިރު އޮއްސުމުން ދަތުރުފަށާނީ މުޛްދަލިފާއަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުން ޙައްޖަށް މިއަހަރު ދިއަ މީހުންގެ އަދަދު އެހެން އަހަރުތަކަށްވުރެ ގިނަވާނެއެވެ. ފުރިހަމަ އަދަދު ނުއެނގެނީ ތަފާތު ސަބަބުތަކަށްޓަކައި އެ އަދަދު ސައުދީ ސަރުކާރުން ސިއްރުކުރާތީއެވެ. ކުރީއަހަރަށްވުރެ އަދަދު މިއަހަރު އިތުރުވާނެކަން އެނގެނީ މިއަހަރަށް ދޫކުރި ކޯޓާގެ އަދަދު އިތުރުކޮށްފައިވު