މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބާރަށް ގުގުމަމުންދާ އެއް އަޑަކީ އަންހެނުންނަށް މިނިވަންކަން ނުލިބިގެން އުޅޭ ވާހަކައިގެ އަޑެވެ. ޒަމާނުންސުރެ ނިވާވެގެން ތިބި އަންހެނުން މިހާރު ހެދުން އަޅަނީ ހެދުން އެޅި ނަމަވެސް ޢައުރަ ނިވާ ނުވާނެ ގޮތަށެވެ.
ކަނދުރާ އާއި އިސްތަށިގަނޑު ނިވާކުރަން އަޅައި އުޅުނު ފޭރާން ނަގާ އެއްލާލައިފިއެވެ. އަދި އެބަ ބުނެއެވެ. ތިމަންމެން މިތިބީ މިނިވަންވެގެންނެވެ. އެއާއިއެކު ހެދުމުގެ އަތް ގެއްލިއްޖެއެވެ. ބައެއް އަންހެނުންގެ ސްކާޓް މަތިކުރެވޭނެ އެންމެ މައްޗަށް މަތިކުރެވިއްޖެއެވެ. މިއީވެސް ހަމަ މިނިވަންކަމުގެ ތެރެއިން ގެންނަ ބަދަލުތައް ކަމަށް ބުނެއެވެ.
ޙަޤީޤަތުގައި މިވާ ގޮތަކީ ކުރިން ސިއްރިޔާތުގައި ކުރަމުން އައި ފާހިޝް އަމަލުތައް ކުރަން ފައުޅުގައި ނުކުތުމެވެ. އެއްވެސް ބިރެއްނެތި ދައުވަތުދޭން ފެށުމެވެ. ފާހިޝް އަމަލުތަކަށް މުޖުތަމައުތަކުގައި ކުރިން ހުރަސް ނައްތައިލެވުނީއެވެ. އެއީ އެއްވެސް ހަޑިކަމަކަށްވެސް ނުވަނީއެވެ. އެހެންކަމުން އިރުގެ އަލިކަން ފަދައިން ފާހިޝް އަމަލުތައް މިވަނީ ޢާންމުވެފައެވެ.
މިހާރު ކޮންމެހެން ކައިވެނިކުރުމުގެ އެއްވެސް ބޭނުމެއް އޮންނަ ކަމަކަށް ނުވެއެވެ. "ޔުނިވަރސަލް ޒިނޭ" ދުނިޔެ ބަލައިގެންފިއެވެ. އަންހެނަކާއި ފިރިހެނަކު ބައްދަލުވެ އެކުގައި އުޅެން ނިންމައިފިނަމަ އެއޮތީ ހުރިހާ ކަމެއް ކުރެވި ނިމިފައެވެ. ދެން ކުރިއަށް ދާ ހުރިހާ ކަންކަން ކުރިއަށް ދާނީ މިނިވަންކަމުގެ ތެރެއިންނެވެ.
އަދި މިވަރަކުން ނުނިމެއެވެ. އެއްޖިންސުން ގުޅުން ހިނަގުން ޢާންމު ވެއްޖެއެވެ. އަދި އެވަރަކުންވެސް ފުދުނީއެއް ނޫނެވެ. ޖަނަވާރާއިވެސް ގުޅުން ހިންގަނީއެވެ. އަދި އެވަރުންވެސް ފުދެނީއެއް ނޫނެވެ. އިތުރު ގޮތްތައް ހޯދަން ތެޅި ފޮޅެނީއެވެ.
މިކަންކަން ޢާންމުވެ ފެތުރިގެން މިދިއައީ ކީއްވެގެން ހެއްޔެވެ؟ މިއީ އިއްތިފާޤެއް ހެއްޔެވެ؟ މިއީ ކީއްވެގެން މެދުވެރިވާ ކަންކަން ކަމާއިމެދު ސުވާލުކޮށްފިނަމަ އިސްލާމް ދީނުގައި ޖަވާބު އޮތީ ވަރަށް ސާފުކޮށެވެ. ރަސޫލް (ޞޢވ) މިދުވަހާއި މިހާލަތު ބަޔާންކޮށްދެއްވަވާފައި ވަނީ "ދައްޖާލުގެ ސެކްޝުއަލް ރިޒޮލިޔުޝަން"ގެ ގޮތުގައެވެ.
ޔުނިވަރސިޓީތަކުން ދިރާސާކުރާށެވެ! މިނޫން ޖަވާބެއް ފެނިއްޖެ ނަމަ އެކަން ހިއްޞާކޮށްލާށެވެ! ޔުނިވަރސިޓީތަކުގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެފެއާރސް އިން ޖަވާބު ހޯދާށެވެ!
ޙަޤީޤަތަކީ މިއީ ދައްޖާލުގެ މަސައްކަތް ކަމެވެ. ދައްޖާލު އަންހެނުންގެ ސިކުނޑިތައް ދޮވެލާނެ ކަމެވެ. މިއަދު ހިނގަމުން މިދަނީ އެކަމެވެ. ބޮޑު ދައްޖާލު ފައުޅުވުމުން ބައިވެރިވާ އަންހެނުންގެ އަދަދު ގިނަވަނީ މިސަބަބަށްޓަކައެވެ. ދައްޖާލު ފައުޅުވުމުން ބައިވެރިވާން ދާ އަންހެނުންގެ އަދަދު ގިނަވުމުން އެމީހުންގެ ފިރިންނަށް އަނބިން ގޭގައި ބަންނަން ޖެހެނީ މި ސަބަބަށްޓަކައެވެ. އެމީހުންގެ ސިކުނޑިތައް ދޮވެވިފައި ހުންނަވަރުން އެމީހުންގެ ކޮންޓްރޯލް އެމީހުންގެ އަތުން ގެއްލި ދައްޖާލުގެ އަތުގައި އޮންނާތީއެވެ.
- ޝައިޚް އިމްރާން ޙުސައިންގެ ދަރުސަކުން
ދަރުސް އަޑުއައްސަވައި ލެއްވުމަށް: