ރާއްޖޭގެ މަހުގެ އުފެއްދުންތައް އީޔޫގެ ޤައުމުތަކަށް އެތެރެކުރުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖޭގެ މަހުގެ އުފެއްދުންތައް އީޔޫގެ ޤައުމުތަކަށް އެތެރެކުރުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ މަހުގެ އުފެއްދުންތައް އީޔޫގެ ޤައުމުތަކަށް އެތެރެކުރުން އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ. 

މިހާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ފޮރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް މިސް ފެޑެރިކާ މޮގެރިނީ އާއިއެކު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އީޔޫގެ ޤައުމުތަކަށް ވިސާނެތި ދިވެހި ރައްޔިތުންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަސް ވެސް ވަނީ މަޝްވަރާކޮށްފައެވެ. 

މަޝްވަރާތަކަށްފަހު ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ މަޝްވަރާ ކުރެވުނު ކަންކަން ޙާޞިލުވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރައްވާ ކަމަށެވެ. 

އެކަމަނާގެ މިދަތުރުފުޅަކީ ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ސަފުގެ ބޭފުޅަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޚާރިޖީ ވިޒާރާއިން ބުނެފައިވަނީ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާއި ދެމެދު ބަދަހިވެފައިވާ ގުޅުމުގެ ރަމްޒެއް ކަމަށެވެ. މި ދަތުރުފުޅުގައި މިސް މޮގެރިނީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

 

 

މިއަދު އޮންލައިން