ތެލެސީމިއާ އަންހެން ކުއްޖަކު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 46ސ
ތެލެސީމިއާ އަންހެން ކުއްޖަކު ނިޔާވެއްޖެ!

އުމުރުން 18 އަހަރުގެ ތެލެސީމިއާ އަންހެން ކުއްޖެއް ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އދ. މާމިގިއްޔަށް އުފަން އެކުއްޖާ ނިޔާވީ ބޯން މެރޯ ހެދުމަށްފަހު، އިންޑިއާ ގެ ބެންގަލޫރްގައި ހުންނަ މަނިޕާލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ފާއިތުވީ ދެމަސް ދުވަހަށް ބަލާއިރު ނިޔާވި 9 ވަނަ ތެލެސީމިއާ ކުއްޖާއެވެ.

 

މާތް ﷲ އެމަރްޙޫމާގެ ފާފަތައް ފުއްސަވާ، މަރްޙޫމާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި އާމީން. އަދި ނިފަދަ ހިތްދަތި ވަގުތެއްގައި، އާއިލާއަށް ހިތްވަރާއި ކެތްތެރިކަން މިންވަރު ކުރައްވާށި އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މިއަދު އޮންލައިން