ރޭގަނޑު ބާރައިގެ ފަަހުން ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގުމަށް ހުއްދަ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ރޭގަނޑު ބާރައިގެ ފަަހުން ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގުމަށް ހުއްދަ ދީފި

ޓެކްސީތަކުން ރޭގަނޑު ބާރައިގެ ފަަހުން ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގިދާނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ޓެކްސީ ކުރުމުގެ އާ އުސޫލު އެކުލަވާލިއިރު ރޭގަނޑު 12 ގެ ފަހުން ކުރާ ދަތުރުތަކަށް އިތުރަށް 25 ރުފިޔާގެ އިތުރުން އިތުރު 5 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފައެވެ. 

އެހެންނަމަވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ރޭގަނޑު 12 އިން ހެނދުނު ހަޔަކާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ކަނޑައަޅައިފައެވެ.

މީގެއިތުރުން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކީ، ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމުގެ މައްސަލައެވެ.

ޓެކްސީ ކުރުމުގެ އާ އުސޫލަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

 

މިއަދު އޮންލައިން