އުޟްޙިޔާ ކަތިލުމަކީ ވަރަށް އިސްކަން ދޭން ޖެހޭ އަޅުކަމެކެވެ! ފަރުވާކުޑަކޮށް ނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އުޟްޙިޔާ ކަތިލުމަކީ ވަރަށް އިސްކަން ދޭން ޖެހޭ އަޅުކަމެކެވެ! ފަރުވާކުޑަކޮށް ނުލާތި!

މިހާރަކަށް އައިސް ޢީދަށް ތައްޔާރުވާން ގިނަ ބައަކު ވާ ތައްޔާރީއަކީ ޢީދުގައި އުފާކުރުމަށްވާ ތައްޔާރީތަކެވެ. ޗުއްޓީއަށް ގިނަ ދުވަސްތަކެއް ލިބޭތީ ޗުއްތީ ހޭދަކުރަން ވާ ތައްޔާރީތަކެވެ. ޢީދުގެ ކުރިން ފާއިތުވެގެންދާ 9 ދުވަހާއި ޢީދު ދުވަހު ކުރަން ޖެހޭ އަޅުކަމާއިމެދު ވިސްނައިލަނީ މަދު މީހެކެވެ. 

ޢީދުގެ އުފާތަކަށް އެތައް ހާސް ދިރުހަމެއް ޚަރަދުކުރާއިރު އުޟްހިޔާ ކަތިލުން ލިސްޓުގައި ހިމަނަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން އެނގިގެން މިދަނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށްވުރެ އިސްކަން ދެވެނީ ދުނިޔޭގެ އުފާތަކަށް ކަމެވެ. 

ރަސޫލް (ޞޢވ) މަދިނާގައި ހުންނެވި 10 އަހަރުވެސް، ކޮންމެ އަހަރަކު އުޟްހިޔާ ކަތިލެއްވެވިއެވެ. އަދި އަޟްހާ ޢީދު ދުވަހު ޢީދު ނަމާދުން އަވަދިވެވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާއިން މެނުވީ ފަރިއްނުކުޅުއްވަތެވެ. މިއީ ސާބިތު ކަންކަމެވެ. 

އުޟްހިޔާ ކަތިލުމާއި ބެހޭ ގޮތުން ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ މި އާޔަތްތަކަށް ވިސްނައިލާށެވެ! 

"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤްރްބާން ކުރައްވާށެވެ!" (އަލްކައުޘަރު: 2)  

(ކަންހުރިމަގީ) އެއީއެވެ. އަދި ﷲ ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، އުޟްޙިޔާ ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ. (ޙައްޖު: 32) 

نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! (ޙައްޖު: 34) 

އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! (ހައްޖު: 37) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން