ހުޅުމާލޭ ހޮސްޕިޓަލް މިހާރުވެސް ހިންގަނީ އާސަންދަ ކުންފުނިން: ހެލްތް މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލޭ ހޮސްޕިޓަލް މިހާރުވެސް ހިންގަނީ އާސަންދަ ކުންފުނިން: ހެލްތް މިނިސްޓަރ

ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދަނީ ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަ ކުންފުނިން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާލުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާލުވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހެލްތް މިނިސްޓަރާއި މެމްބަރު ނިޔާޒު ކުރެއްވި ސުވާލުގައި ބުނެފައިވަނީ އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލޭ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ހެލްތް މިނިސްޓްރީގެ އިސްވެރިޔަކު ބުނިކަމަށް ބައެއްް ނޫސްތަކުން ރިޕޯޓް ކޮށްފައިވާތީ އެކަން ސާފުކޮށްދިނުމަށެވެ.

މިސުވާލާއި ގުޅިގެން މިނިސްޓަރ އަމީން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދަނީ ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަ ކުންފުނިން ކަމަށާއި އެހެންނަމަވެސް ހެލްތް މިނިސްޓްރީއަކީ ސިއްހީ ދާއިރާގެ ހުރިހާ ކަމެއްގެ ރެގިޔުލޭޓަރީ އޮތޯރިޓީއަށް ވުމުން ރެގިއުލޭޓްރީ އޮތޯރިޓީގެ ދައުރު ސިއްހީ ހުރިހާ ކަމެއްގައި ވެސް އޮންނާނެކަމަށެވެ.

ޅުމާލެ ހޮސްޕިޓަލަށް ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރެވެމުންދާކަމަށް ވެސް މިނިސްޓަރ އަމީން ވަނީ މިއަދު މަޖިލީހުގައި ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން