ބިދޭސީން ގެނައުމަށް ކޯޓާ އަށް އެދޭ ފަރާތްތަކުން، ސައްހަނޫން ލިޔުމެއް ހުށައަޅައިފިނަމަ ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަމަކައި ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށައަޅާއިރު، ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާކަން ފާހަގަކުރެވެމުން އަންނާތީކަމަށެވެ.
މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދޭ ފަރާތަކުން، ސައްނޫންޙަ ލިޔުމެއް ހުށައަޅައިފިނަމަ، އެ ފަރާތަކާ މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި ބިދޭސީން ކޯޓާ ހޯދުމަށް ސައްހަ ނޫން ލިޔެކިއުންތައް ހުށަނޭޅުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.