ކުރިއަށް އޮތް 5 އަހަރަކީ ކެންސަރަށް ފަރުވާ ކުރުމުގަ ރާއްޖެއިން ކުރިއެރުންތަކެއް ހޯދާނެ އަހަރުތަކެއް!: ޑރ. ޝާހް މާހިރް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކުރިއަށް އޮތް 5 އަހަރަކީ ކެންސަރަށް ފަރުވާ ކުރުމުގަ ރާއްޖެއިން ކުރިއެރުންތަކެއް ހޯދާނެ އަހަރުތަކެއް!: ޑރ. ޝާހް މާހިރް

ކުރިއަށް އޮތް 5 އަހަރަކީ ކެންސަރަށް ފަރުވާ ކުރުމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާނެ އަހަރުތަކެއް ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރް ވިދާޅުވެއްޖެއެވެ.

ޑރ. ޝާހް މާހިރް މިމޭރުމުން ވިދާޅުވީ ހުޅުލެ އައިލަންޑް ހޮޓަލުގައި 'އޮންކޯ ސްޕެކްޓްރާ' ގެ ނަމުގައި މިއަދު ކުރިއަށް ގެންދިއަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައެވެ.

ޑރ. ޝާހް މާހިރް ވިދާޅުވީ ކެންސަރަށް ފަރުވާ ކުރުމުގަ އާއި ކެންސަރު ބަލީގެ މީހުންނަށް އެހީތެރިވުމުގައި ކުރިެރުން ހޯދަން މިހާރުވެސް ސަރުކާރުން ގެންދަނީ މަސައްކަތްތްކެއް ކުރަމުން ކަމަށެވެ. އަދި ކެންސަރަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މިހާރުވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. 

ޑރ. ޝާހް ވިދާޅުވީ ފާއިތުވި 20 ވަރަކަށް އަހަރު ކެންސަރާއިބެހޭ ގޮތުން ވަނީ މުހިންމު ހޯދުންތަކެއް ހޯދިފައި ކަމަށެވެ. "ކުރިން ކެންސަރު ޖެހުނީމަ ޖެހެނީ އެ ގުނަވަނެއް ކަނޑާލަން. އަދި ދެވޭ ފަރުވާއަކީ ހަށިގަނޑުގައި ސަލާމަތުން ހުންނަ ގުނަވަންތަކަށް ވަރަށް ގެއްލުންދޭ ފަރުވާއެއް.. ނަމަވެސް އެއަށްވުރެ މާލުއި ގޮތަކަށް ފަރުވާ ދެވޭނެ ގޮތްތައް މިހާރުވަނީ ހޯދިފައި" ކަމަށްވެސް ވިދާޅުވިަެވެ.

 

މިއަދު އޮންލައިން