އަދީބު ބޭސްފަރުވާއަށް ފޮނުވަން ކަރެކްޝަނަލް ސަރވިސް އިން އެއްވެސް އަގެއް ނަގާފައެއް ނުވާނެ!: ކަރެކްޝަނަލް ސަރވިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އަދީބު ބޭސްފަރުވާއަށް ފޮނުވަން ކަރެކްޝަނަލް ސަރވިސް އިން އެއްވެސް އަގެއް ނަގާފައެއް ނުވާނެ!: ކަރެކްޝަނަލް ސަރވިސް

ކުރީގެ ނައިބް ރައީސް އޙްމަދު އަދީބްގެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެއްވެސް އަގެއް ނަގާފައި ނުވާނެ ކަމަށް ކަރެކްޝަނަލް ސަރވިސް ބުނެފިއެވެ.

ކަރެކްޝަނަލް ސާރވިސަސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރެކްޝަނަލް ސަރވިސް އިން ކުށްވެރިއަކު ބޭސްފަރުވާއަށް ފޮނުވާނަމަ ޢާންމުކޮށް ހުރިހާ ކުށްވެރިންނާއިއެކު ހަދާ އެއްބަސްވުމުގެ އިތުރު އެއްވެސް އެއްބަސްވުމެއް އަދީބް އާއިއެކުވެސް ހަދާފައި ނުވާނެ ކަމަށެވެ. އަދީބް އާއިއެކު ކަރެކްޝަނަލް ސަރވިސްގެ 3 އޮފިސަރަކު ފޮނުވި ކަމަށާއި އެމީހުންގެ ޚަރަދުތައް ބަލަހައްތާފައިވާނީ ވެސް ކަރެކެޝަނަލް ސަރވިސް އިން ކަމަށެވެ.

މީޑިއާ އޮފިޝަލް މިމޭރުމުން ވިދާޅުވީ "އަދީބުގެ ބޭސްފަރުވާއަށް އަގު ކިޔައި އެއްބަސްވުންތަކުގައި ސޮއިކުރުވި" ކަމަށް އަދީބުގެ ބައެއް ސަޕޯޓަރުން ހާމަކުރަމުން ގެންދާތީ މިއަދުނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު އޮންލައިން