ސީޝެލްސްގެ ރައީސް ދެއްވި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ސީޝެލްސްގެ ރައީސް ދެއްވި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ޑެނީ ފޯރ މިރޭ ދެއްވި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ސީޝެލްސްގެ ސަރުކާރުން އެރުވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ މެދުގައި މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ދެޤައުމަށް ވެސް ފައިދާހުރި މިހާ ގިނަ ދާއިރާތަކަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވިފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު ސީޝެލްސްއަށް ކުރެއްވި ފުރަތަމަ ސްޓޭޓް ވިޒިޓް ނުވަތަ ފުރަމާނަ ދަތުރުފުޅެވެ.

މިއަދު އޮންލައިން