ޤައުމުގެ އަންހެނަކަށް ޚިދުމަތުގެ އެވޯޑެއް ދޭނަމަ ދޭންވީ މިފަދަ މައިން ހޯދައިގެން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޤައުމުގެ އަންހެނަކަށް ޚިދުމަތުގެ އެވޯޑެއް ދޭނަމަ ދޭންވީ މިފަދަ މައިން ހޯދައިގެން ނޫންތޯ؟

"މިއަދު މުސްކުޅި އަންހެނަކާއި ބައްދަލުވިއެވެ. އުމުރުން 13 އަހަރުން ފެށިގެން 10 ދަރިން ވިހާފައިވެއެވެ. ހުރިހާ ދަރިންވެސް ތަރުބިއްޔަތުކޮށްފައިވަނީ ރަނގަޅު ގޮތުގައެވެ. އެކުދިންނަކީ އިހްތިރާމް ލިބިގެންވާ ކުދިންނެވެ. ބައެއް ކުދިން މާސްޓަރސްއަށް ކިޔަވަނީއެވެ. ޑްރަގް ބޭނުންކުރާ ދަރިއަކު ނެތެވެ."

މިއީ ޝައިޚް ޒަމްޒަމް ފާރިޗް ކުރައްވާފައިވާ ޓްވީޓެކެވެ. ސުވާލަކީ މިފަދަ ޚިދުމަތްތެރި ހީވާގި، ވާޖިބު އަދާކުރުމުގައި ބަރާބަރު މައިންގެ އަގު ވަޒަންކޮށް އިނާމެއް ދޭނެ ފަރާތެއް ހަމަ މި ޤައުމުގައި ނެތީ ހެއްޔެވެ؟

ރެހެންދި އެވޯޑް މިފަދަ މައިންނަށް ޙައްޤުނުވާންވީ ކޮން ސަބަބަކާއި ހުރެތޯއެވެ؟ ލޮބުވެތި ފަޚުރުވެރި މައިންނޭވެ! ޖެންޑަރ މިނިސްޓްރީއަށް ތިއަ ލޮބުވެތި ކަނބަލުން ނުފެނުނު ނަމަވެސް ﷲ ތަޢާލާ ތިއަ ކަނބަލުން ދެކެދެނެވޮޑިގެންވެއެވެ. ޤިޔާމަތް ދުވަހު ދެއްވަވާ އިނާމު މާމަތިވެރިވާނެއެވެ!

މިއަދު އޮންލައިން