ޑްރަގް އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޑްރަގް އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޑްރަގް މަސައްލައަކީ ރާއްޖޭގެ އެންމެ ބޮޑު އެއްމައްސަލަކަމަށެވެ. ފުލުހުން އެތައް މަސައްކަތެއް ކުރިނަމަވެސް، ނައްތައިލާ ދުވަހަކު އެތައް ކިލޯއެއް ނައްތައިލި ނަމަވެސް ރާއްޖެއިން ޑްރަގް މަދުވާހުން ހީނުވާ ކަމަށެވެ. ހަމަ އެއާއިއެކު އަޑު އިވެނީ އެތައް ކިލޯއެއްގެ ދްރަގް ހިފެހެއްޓި ވާހަކަ ކަމަށެވެ.  

އެހެންކަމުން ރާއްޖެއިން ޑްރަގް ހުސްކޮށް ޑްރަގުގެ ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޑްރަގް އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ.  

ބައެއް ރިޕޯޓްތަކުން އެނގޭ ގޮތުގައި 1991 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ސިންގަޕޫރަށް ޑްރަގް އެތެރެކުރުމުގެ ކުށުގައި 400 އަށްވުރެ ގިނަ މީހުންނަށް ވަނީ މަރުގެ އަދަބު ދީފައެވެ. މީގެ ތެރޭގައި ސިންގަޕޫރުގެ ރައްޔިތުން ހިމެނެނީ ވަރަށް މަދުންނެވެ.  

ސިންގަޕޫރުގެ ތަރައްޤީގެ ވާހަކަތައް ރާއްޖޭގެ ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާއިރު މިބާވަތުގެ އެއްވެސް ވާހަކައެއް ދެއްކި އަޑު އިވިފައެއް ނުވެއެވެ. 

މިއަދު އޮންލައިން