މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް އޯކިޑް މަގުގައި ހުޅުވައިފިއެވެ.
މި އޭޓީއެމްއެ ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެންޑް ސީއީއޯ އަބްދުލް މުހައިމިންއެވެ. މިއީ އިސްލާމިކް ބޭންކުގެ 13 ވަނަ އޭޓީއެމް އައުޓްލެޓް އެވެ.
މިއަދު މިހުޅުވި އޭޓީއެމް އިން މި ވަގުތު ދެނީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތެވެ. އެހެންނަމަވެސް އަވަސް މުސްތަގްބަލެއްގައި އެ އޭޓިއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތްދެވިގެންދާނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.
މ ފާމުދޭރިގޭގެ ގްރައުންޑް ފްލޯ ބަންޑާރަ މިސްކިތް ކުރިމައްޗަށްވާ ގޮތަށް އޯކިޑް މަގުގައި ހުޅުވި މި އޭޓިއެމް އިން 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.