ޙައްޖަށްދިއުމަށް ޕެންޝަން ފަނޑުން ފައިސާނެގޭ އަދަދު ބޮޑުކޮށް, ހަތްދިހަ މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
ޙައްޖަށްދިއުމަށް ޕެންޝަން ފަނޑުން ފައިސާނެގޭ އަދަދު ބޮޑުކޮށް, ހަތްދިހަ މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފި

ޙައްޖަށްދިއުމަށް ޕެންޝަން ފަނޑުން ފައިސާނެގޭ އަދަދު ބޮޑުކޮށް ހަތްދިހަ މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފިއެވެ.

 

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ޢަދަދު 80 އިންސައްތައަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތާއީދާއެކުއެވެ.

 

އެ ގާނޫނުގެ ދަށުން ޕެންޝަން ފަންޑުން މިހާރު ފައިސާ ނެގެނީ 50 ޕަސަންޓަށެވެ. ނަމަވެސް ކެނދިކުޅޫދޫ ދާއިރާ މެމްބަރު އަހްމަދު ޢީސާ ހުށަހެޅުއްވި އިސްލާޙުގައިވަނީ ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ ޢަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށެވެ.

 

އެ ބިލް ދިރާސާ ކުރުމަށްފަހު އިޖްތިމާއީ ކޮމިޓީން ބިލަށް ބަދަލެއް ގެނެސްފައިނުވިނަމަވެސް ބައެއް ރެކޮމެންޑޭޝަންތައް ވަނީ ހިމަނާފައެވެ.

 

އެގޮތުން ޕެންޝަނާ ބެހޭ ގާނޫނުގެ މަގުސަދު ނުގެއްލޭ ގޮތަށް ގާނޫނު އޮތުމުގެ މުހިންމުކަމާއި ހައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގުން ހިމެނެއެވެ.

 

މީގެ އިތުރުން ހައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރަން ޝަރުތު ހަމަވާނީ މަދުވެގެން 420،000 ރުފިޔާ ސޭވިންގ އެކައުންޓުގައި ހުރުމުން ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް ރިކޮމެންޑުކޮށްފައިވެއެވެ.

މިއަދު އޮންލައިން