ރައީސް ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ކިޔުމަށް ހޭދަވާނީ 41ސ
ރައީސް ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެއަތޮޅު ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލުތަކާއި އަތޮޅު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބ. އަތޮޅު ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ.

މިއަދު އޮންލައިން