މާލެސިޓީ ކައުންސިލުން ޤައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 9ސ
މާލެސިޓީ ކައުންސިލުން ޤައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވައިފި!

މާލެ ސިޓީގެ އެކިއެކި ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ރާއްޖޭގައި ހުންނަ ބޭރު ޤައުމުގެތަކުގެ ސަފީރުންނާ ބައްދަލުކުރައްވައިފިއެވެ.

 

ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވާގޮތުގައި މާލެ ސިޓީގެ ކަންކަން ހަރުދަނާކުރުމައްޓަކައި އެ ކައުންސިލުން ވަނީ ޖަޕާނާއި އިންޑިއާއާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

 

މާލެ މޭޔަރ ސިފާ މުހައްމަދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މިބައްދަލުވުންތަކުގައި އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސްއާއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުންވަނީ ރާއްޖޭގައި ލޯކަލް ގަވަނެންސްގެ ނިޒާމް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަފީރު ޖޭމްސް ޑޯރިސްވަނީ މިދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ސިޓީ ކައުންސިލަށް އަރުވާފައެވެ.

 

ސިޓީ ކައުންސިލުން ވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއާވެސް ބައްދަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ އެހީތަކާއި ތަމްރީން ޕްރޮގްރާމްތަކުގެ މަޢުލޫމާތު ސަފީރުވަނީ މާލެ ސިޓީ ކައުންސިލާ ޙިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން