މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވަނީ މިނިސްޓަރ އަސްލަމް

ކިޔުމަށް ހޭދަވާނީ 1މ 11ސ
މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވަނީ މިނިސްޓަރ އަސްލަމް

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

 

ރައީސް އޮފީހުން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ޙައްޖުގެ ގޮތުގައި މިނިސްޓަރ އަސްލަމް ހަމަޖައްސަވާފައިވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިޔަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވައެވެ.

 

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި 2000 ކޯޓާވަނީ ލިބިފައެވެ. މީގެ ތެރެއިން މިއަހަރު 1900 އެއްހާ މީހުން ޙައްޖަށްދެއެވެ.

 

މިއަހަހރު ރާއްޖެއިން ޙައްޖަށް ދާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ފުރުތަމަ ފުރާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ފުރަން ފަށާފައިވާއިރު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހައްޖުވެރިން ފުރާނެއެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ހައްޖައްދާ މީހުންނާއި އެމީހުންގެ އައިލާއަށް އެއަރޕޯޓަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަފައެވެ.

 

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަނާއެކު 6 ޖަމާއަތަކަށް ވަނީ ހުއްދަ ދީފައެވެ.

މިއަދު އޮންލައިން