ބ. އަތޮޅު ހޮސްޕިޓަލަށް ރައީސް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ބ. އަތޮޅު ހޮސްޕިޓަލަށް ރައީސް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި އެހޮސްޕިޓަލުގެ ޙާލަތު ބައްލަވައި ލައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އަތޮޅު ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.

އެމަނިކުފާނުގެ މިޒިޔާރަތުގައި އެވަގުތު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދިޔަ ބައެއް ފަރާތްތަކާއި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ޙާލުއަހުވާލު ބައްލަވައިލައްވައި ކަންކަން އޮޅުންފިލުއްވިއެވެ.

މިއަދު އޮންލައިން