މަސްވެރިކަމަށް މަސްވެރިން އިންވެސްޓްކުރާ ވަރަށް ވެސް ސަރުކާރުން އިންވެސްޓެއް ނުކުރޭ! ސައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސްވެރިކަމަށް މަސްވެރިން އިންވެސްޓްކުރާ ވަރަށް ވެސް ސަރުކާރުން އިންވެސްޓެއް ނުކުރޭ! ސައުދު

މަސްވެރިކަން ކުރާ ފެންވަރު ރަނގަޅު އުޅަނދު އިތުރުކޮށް އެޅޭ ދޮށީގެ އަދަދު އިތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާއްވާ ކަމަށާއި އަދި އަޅާ ދޮށީގެ އަދަދު އެކަށީގެންވާ ވަރަކަށް އިތުރުކޮށްފިނަމަ ބާނާ މަހުގެ އަދަދު މިހާރަށްވުރެ 50 އިންސައްތަ އިތުރުކުރެވި އެކަމުގެ ފައިދާ ސަރުކާރަށާއި ރައްޔިތުންނަށް ކުރާނެ ކަމަށް ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ގޮވާލައްވައިފިއެވެ.   

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައުދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން އަމިއްލަ މަސްވެރިން އިންވެސްޓްކުރާ އަދަދަށްވެސް ސަރުކާރުން އިންވެސްޓް ނުކުރާ ކަމަށާއި ސަރުކާރުން އިންވެސްޓްކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.   

ސައުދު ވިދާޅުވީ ރާއްޖޭގައި ބޮޑެތި ކޯލްޑް ސްޓޯރޭޖްތައް ހަދައި މަސްގަނެ، މަސްވެރިކަންކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނަމަ ބޭރުގެ ފަރާތްތަކުން ވެސް މަސް ވިއްކަން ރާއްޖެ އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަކީ މިސަރަހައްދުގައި މަސްވެރިކަމުގެ ބޮޑު ހަބަކަށް ވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން