ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން 2 ރިކޯޑެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން 2 ރިކޯޑެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާއްޖެއިން ދެ ރިކޯޑެއް ހެދުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާޖެއިން ދެ ރިކޯޑެއް ހެދުމަށް ނިންމާފައިވާކަމަށާއި އޭގެތެރޭގައި ދުނިޔޭގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން ހިއުމަން ރިންގެއް މޫދުގައި އެޅުމާއި ރާއްޖޭގެ ރިސޯޓެއްގައި ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑެއް ހެދުމެވެ.

''އަޅުގަނޑު ދައުވަތު އަރުވަން ރާއްޖޭގެ ރައްޔިތުންނަށް ދައުވަތު އަރުވަން، އަޅުގަނޑުމެން ސެޕްޓެމްބަރު މަހު ފަހުކޮޅު މާލެ ވަށައި، ދެ ގަޑިއިރެއްހާއިރު ތެރޭގައި މޫދުގައި ކުދިބޮޑު ރައްޔިތުން ކެޕިޓަލް ސިޓީއެއް ވަށާ އަޅާ ފުރަތަމަ ރިންގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާނަން. އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ ފަވާލަން" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

މިއަދު އޮންލައިން