އެއްބަސްވުންތަކާ އެއްގޮތަށް ރިޒޯޓުތަކުން ދިވެހިންނަށް މިހާރުން މިހާރަށް ހަމަޖައްސައިދެވެން ހުރި ވަޒީފާތައް ހަމަޖައްސައިދިނުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އެއްބަސްވުންތަކާ އެއްގޮތަށް ރިޒޯޓުތަކުން ދިވެހިންނަށް މިހާރުން މިހާރަށް ހަމަޖައްސައިދެވެން ހުރި ވަޒީފާތައް ހަމަޖައްސައިދިނުން ކީއްތޯ؟

އަބަދުވެސް އިވެނީ އިތުރު ރިޒޯޓުތައް ހުޅުވުމުން ދިވެހިންނަށް ވަޒީފާތައް ލިބޭނެ ވާހަކައެވެ. ގެސްޓް ހައުސްތައް އިތުރުވުމުން ދިވެހިންނަށް ވަޒީފާ އިތުރުވާނެ ވާހަކައެވެ.

ސަރުކާރުން ރާއްޖޭގައި ރިޒޯޓްތައް ތަރައްޤީކުރަން ހުއްދަދެނީ ދިވެހިންނަށް ވަކި އަދަދަކަށް ދިނުން ޝަރުޠުކޮށް ލީޒްއެގްރިމަންޓްގައި ހިމަނައިގެންނެވެ. އެކަމަށް އެއްބަސްވެ ސޮއިކޮށް ތައްގަނޑުވެސް ޖަހައިގެންނެވެ. އިނގިލީގެ ނިޝާން ވެސް ޖަހައިގެންނެވެ. ނަމަވެސް ހިތާމައަކީ އެފަދަ އެއްބަސްވުމަކަށް އަމަލު ނުކުރާ ކަމެވެ. އެކަމާއި ބެހޭ ގޮތުން މަޖިލީހުގެ ކޮމިޓީގައި ސުވާލު ކުރީމާ ޖަވާބު ވަނީ ސިއްރު ޖަވާބަކަށެވެ.

އަލަށް ރިޒޯޓްތައް ހުޅުވުމުން ވަޒީފާގެ ފުރުޞަތު ދިވެހިންނަށް އިތުރުވުމުގެ ވާހަކަ ކޮންމެ ރަސްމިއްޔާތެއްގައި ވެސް ދައްކައެވެ. އެފަދަ ވާހަކަތައް ދެއްކުމުގެ ކުރިން މިހާރު ހުޅުވައި ހިންގަމުންދާ ރިޒޯޓުތަކުގެ އެއްބަސްވުމުގައިވާ ފަދައިން ދިވެހިންނަށް ވަޒީފާ ހަމަޖެއްސުން ކީއްތޯއެވެ؟ އެ އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރާކަން އެއްވެސް ސަރުކާރަކުން ކަށަވަރު ނުކުރުމަކީ ކޮރަޕްޝަނުގެ އަމަލަކަށް ނުވޭތޯއެވެ؟ އެކަންކަން ބަލަން ތިބޭ ބައެއްގެ ޖީބަށް ވަންނަ މަންފާއެއް އޮންނަ ކަމަށް ޤަބޫލުކުރުމަކީ ދޮގު ތުހުމަތަކަށްވާނެތޯއެވެ؟

ބައެއް ރިޒޯޓުތަކުގައި ގެންގުޅޭ ދިވެހިންގެ އަދަދު ގިނަކަން ދައްކަން ކުނި ކަހާނެ މީހުން ރަށްރަށުން ގެންދެއެވެ. އެއީ ވަޒީފާގައި ގެންގުޅޭ މީހުން ކަމަށް ސަރުކާރުން ބަލާނަމަ މުވައްޒިފުންނަށް ދޭ ސަވިސްޗާޖް އެމީހުންނަށް ނުދޭ މައްސަލަ ނުބަލަނީ ކީއްވެގެންތޯއެވެ؟

މިކަންކަމަށް ކަންބޮޑުވާ ދިވެހިން ވެސް އެބަތިއްބެވެ. ތިރިގައި މިވަނީ ފައިޞަލް ކުރައްވާފައިވާ 2 ޓްވީޓެކެވެ.

"ސަރުކާރުން ކިތައްމެ ވަރަކަށް ޓޫރިޒަމް އަށް ބިންދީގެން އެބިން ތަރައްގީކުރިޔަސް ރައްޔިތުންނަ ހަގީގިމަންފާއެއްނުލިބޭ! ރައްޔިތުންބޭނުންވަނީ އެހޮޓާތަކުގަ ކިޔަވައިގެން އަންނަ ދިވެހި ކުއްޖާއަށް ވަޒީފާ ދަންޑުވެރިޔާ ހައްދާ އެތި ކޮޅުގަންނަން ކުޑަދޯނިން ބާނާމަސްކޮޅު ވިއްކަން."

"ހައްދާ އެތިކޮޅު އެރިޒޯޓް އަށް ނުގަނެވޭ ކިޔަވައިގެން އަންނަ އިރު ބޭރުމީހުން ވަޒީފާތަކުގަ ކުޑަދޯނިން ބާނާ ފަރުމަސް ކޮޅު ވިއްކާނުލެވޭ ގެސްޓުން އަތުން ނަގާ ސާރވިސްޗާރޖް ކޮޅުވެސް ރިޒޯޓް އޯނަރުގެ ޖީބަށް ރަށުގެސްޓްހައުސް ވެސް ދެތިން ރިޒޯޓް ހިންގާމީހުންގެ މުށުތެރޭގަ."

މިއަދު އޮންލައިން