ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމުގެ އުޞޫލުން 11 ރަށަކުން ބިން ދޫކުރަނީ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމުގެ އުޞޫލުން 11 ރަށަކުން ބިން ދޫކުރަނީ.

ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް، މުޅިން އައު ނިންމުމެއް އސަރުކާރުން ނިންމައި  މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް މިއަދު ނިންމަވާފައި ވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިވަގުތު ބިން ދޫކުރަން ނިންމާފައިވަނީ 11 ރަށަކުން ކަމަށެވެ. "އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި، ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަޙައްދު." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު، މިއީވެސް އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީއަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

 

މިއަދު އޮންލައިން