ރާއްޖޭގެ ވެރިކަމަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރާއްޖޭގެ ވެރިކަމަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ރައީސް ޞާލިޙް

ރާއްޖޭގެ ވެރިކަމަށް ރައްޔިތުން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ، އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

މިރޭގެ މި ޙަފްލާއާ އަޅުގަނޑުމެން މި ބައްދަލުކުރަނީ، ވަރަށް އުފާވެރި އިޙްސާސްތަކަކާއެކު. އާދެ! އެއީ ރައްޔިތުން ގެނައި، ހެޔޮ ބަދަލުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެންނަން ފަށައިފި ކަމުގެ އިޙްސާސްތަކާއެކު. އަޅުގަނޑު ދަންނަވަން މިއުޅެނީ، ރާއްޖެއަށް މިއައި ހެޔޮ ބަދަލުގެ ސަބަބުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ، އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދެމުން އަންނަ ވާހަކަ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް، މި އަހަރުގެ މިހާތަނަށް، ވަރަށްބޮޑު ކުރިއެރުމެއް ލިބިއްޖެ. މިދިއަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައި.

ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުން ލިބުނު އާމްދަނީ، 1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ.

މިއަދު އޮންލައިން