ފަތުރުވެރިކަން ކުރިއަރުވާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ މާސްޓަރ ޕްލޭނެއްގެ ދަށުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ފަތުރުވެރިކަން ކުރިއަރުވާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ މާސްޓަރ ޕްލޭނެއްގެ ދަށުން: ރައީސް ޞާލިޙް

އަލަށް އެކުލަވައިލެވޭ ފަސް އަހަރުގެ މާސްޓަރ ޕްލޭންގެދަށުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ [ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ] އިފްތިތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އަލަށް މި އެކުލަވައިލެވޭ ފަސް އަހަރުގެ މާސްޓަރ ޕްލޭންގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި، ދަތިތަކާއި، މި ދާއިރާއަށް ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުހިފުން، އެ މާސްޓަރ ޕްލޭންގައި ހިމެނިފައިވާނެ.

ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، އަޅުގަނޑު މި ދެންނެވި ޕްލޭންގެ ދަށުން ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، އިރާދަކުރެއްވިއްޔާ ނިމިގެންދާނެ. އޭރުން ފަތުރުވެރި މުވައްޒަފުންގެ ޙާލަތު ދެނެގަނެވި، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.

މި ޖަޒީރާތަކުގެ މެހްމާންދާރީއަށް އެދިގެން އަންނަ ކޮންމެ ފަތުރުވެރިއަކަށް، ރާއްޖެއަކީ، އެމީހުންގެ ޤައުމަށްވުރެވެސް އަމާން ތަނެއްކަން އިޙްސާސްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެ ސިޔާސަތުގެ ދަށުން، ގެސްޓްހައުސް ހިންގާ ރަށްރަށުގައި، ސޭފްޓީ ބޯޑް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ވާނީ ފަށާފައި. އަދި މި އަހަރުގެ ތެރޭގައި، ޓޫރިސްޓް ސްކައުޓުން ތަމްރީނުކޮށް، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެ ޚިދުމަތް ދޭން ފެށޭނެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަޅުގަނޑުމެން އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ޙިމާޔަތް ކުރުމަށް. މިދިޔަ ސަރުކާރުގައި ރިޒޯޓް ހަދަން ދޫކުރި ރަށްރަށުގެ ތެރެއިން، ގއ. އޮޑެގައްލާ އަދި ބ. އިންނަފުށީގައި ރިޒޯޓް ތަރައްޤީ ކުރަން ހެދި ލީސް އެގްރީމެންޓް، މި ސަރުކާރުން އުވައިލަން ނިންމީ، މި ދެންނެވި ސަބަބުތަކަށްޓަކައި.

މިއަދު އޮންލައިން