ރާއްޖޭގައި ބާއްވާ އައިއޯއައިޖީގެ ދިދަ ރައީސަށް އަރުވައިފި

ކިޔުމަށް ހޭދަވާނީ 39ސ
ރާއްޖޭގައި ބާއްވާ އައިއޯއައިޖީގެ ދިދަ ރައީސަށް އަރުވައިފި

ރާއްޖޭގައި ބާއްވާ އައިއޯއައިޖީގެ ދިދަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް އަރުވައިފިއެވެ.

މިދިދަ ރައީސްގެ އަތްޕުޅަށް އަރުވާފައިވަނީ މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ 10 ވަނަ މުބާރާތުގައި ބައިވެރިވި އެތްލީޓުން އެނބުރި ރާއްޖެއައުމުން މަރުޙަބާކިޔުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

އައިއޯއައިޖީގެ ދިދަ ރައީސްގެ އަތްޕުޅަށް އެރުވީ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބިފައިވަނީ 2023 ވަނަ އަހަރު ބާއްވާ 11 ވަނަ އައިއޯއައިޖީ މުބާރާތެވެ.

މިއަހަރު ބޭއްވި އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އެތްލީޓުން ވަނީ 15 މެޑެލް ހޯދާ، ކުޅިވަރުމުބާރާތަކުން އެންމެގިނަ މެޑެލް ހޯދުމުގެ ފަޚުރު ހާޞިލުކޮށްފައެވެ.

މިއަދު އޮންލައިން