ކުރިއަށް އޮތް 5 އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓާ ޕްލޭން މިރޭ އިފްތިތާހުކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކުރިއަށް އޮތް 5 އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓާ ޕްލޭން މިރޭ އިފްތިތާހުކުރަނީ

ކުރިއަށް އޮތް 5 އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓާ ޕްލޭން މިރޭ އިފްތިތާހުކުރަން ނިންމައިފިއެވެ. 

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" ގެ ނަމުގައި ދަރުބާރުގޭގައި މިރޭ 8:30 ގައި ބާއްވާ ހަފްލާގައި، ޓޫރިޒަމް ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާޕްލޭނާއި އެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެންގެ ދަފްތަރު އެކުލަވައިލަން ފެށުން އިފުތިތާހު ކުރާނެއެވެ. 

މިމާސްޓާ ޕްލޭންގައި ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތު ތަރައްގީކުރުމަށާއި، އަންހެނުންގެ ހިއްސާ މިދާއިރާގައި އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެެ. 

ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. 

 

މިއަދު އޮންލައިން