މަހަކު އެއްފަހަރު ހިނގާފާ އުޅޭ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މަހަކު އެއްފަހަރު ހިނގާފާ އުޅޭ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަނީ!

މާލޭގައި މަހަކު އެއްފަހަރު ހިނގާފާ އުޅޭ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުސަން އަށް ވިދާލުވެފައިވަނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަހަކު އެއްފަހަރު ނަމަވެސް ހިނގާފާ އުޅޭ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައެއް ސިޓީ ކައުންސިލްތަކުން އެ ސިޓީއެއްގައި ކޮންމެ ހަފްތާ އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ހިނގާފައި އުޅޭ ދުވަހެއް ކަނޑައަޅާފައިވާ ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.

މިކަމާބެހޭގޮތުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި ސިދާ ގޮތެއް ނިންމަވާނީ ރައްޔިތުންނާވެސް މަޝްވަރާ ކުރެއްވުމަށް ފަހު ރައްޔިތުންގެ ހިޔާލަށްވެސް ބަލާފައި ކަމަށް ޝަމާއު ވިދާޅުވިއެވެ. 

މިއަދު އޮންލައިން