މިނިވަން ދުވަހަށް ފުޅަނދުތަކާ އައިޓަމްތައް ތައްޔާރުކޮށްދިން ހުރިހާ ފަރާތްތަކަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ޝުކުރު އަދާކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ "މިނިވަން ދުވަހަށް ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކަށާއި، އައިޓަމްތައް ތައްޔާރުކޮށްދެއްވި ސްކޫލްތައް އަދި އެމް.އެން.ޑީ.އެފްއަށް ހޯމް މިނިސްޓަރު ޝުކުރުއަދާކުރައްވވާ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކެއް މިނިސްޓަރ ފާހަގަކުރައްވާ ކަމަށެވެ.
މިނިވަން ދުވަހުގެ އައިޓަމްތައް ތައްޔާރުކުރުމުގައި އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ބެލެނިވެރިންގެ ފަރާތުންނެވެ. ސްކޫލަށް ކުދިން ގެންދަމުން އަދި އައިޓަމްތަކަށް ފަރިތަކުރަން ކުދިން ގެންގޮސް ގެނެސް ހެދުމަކީ ބެލެނިވެރިން ކުރާ ވަރަށް ބުރަ މަސައްކަތެކެވެ. ސްކޫލްތަކުން އެހީތެރިވި ނަމަވެސް ކޮންމެ އަހަރަކުވެސް ބެލެނިވެރިން ކުދިން ތައްޔާރުކޮށް އައިޓަމްތަކުގައި ބައިވެރިކުރަން ބޮޑެތި ޚަރަދުތަކެއްވެސް ކުރެއެވެ.