"ތިބާގެ އަގު ވަޒަން ނުކުރާ ބައަކާއިއެކު ހުރުމަށްވުރެ އެކަނި ހުރުން މާރަނގަޅެވެ." ޝައިޚް ޝަފީޢް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
"ތިބާގެ އަގު ވަޒަން ނުކުރާ ބައަކާއިއެކު ހުރުމަށްވުރެ އެކަނި ހުރުން މާރަނގަޅެވެ." ޝައިޚް ޝަފީޢް ޢަބްދުﷲ

"ތިބާގެ އަގު ވަޒަން ނުކުރާ ބައަކާއިއެކު ހުރުމަށްވުރެ އެކަނި ހުރުން މާރަނގަޅެވެ."

މިއީ ޝައިޚް ޝަފީޢް ޢަބްދުﷲ ޢާންމުކުރައްވާފައިވާ ބަސްފުޅެކެވެ. ޝައިޚް ޝަފީޢު މިބަސްފުޅުގެ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ތެދުވެރިއެއްގެ އަގު ވަޒަން ކުރުމަކީ ކައިރީގައި ތިބޭ މީހުން ތެދުވެރިވުމެވެ. އަޅުވެރިއެއްގެ އަގު ވަޒަންކުރުމަކީ އެމީހާ ކައިރީގައި ތިބޭ މީހުން އަޅުކަން ކުރުމެވެ. އޯގާތެރިއެއްގެ އަގު ވަޒަން ކުރުމަކީ އެމީހާ ކައިރީގައި ތިބޭ ބައަކު އޯގާތެރިވުމެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ އަގު ވަޒަންކުރާ ނަމަ އެމީހަކު އިސްލާމް ދީނަށް ޢަމަލުކުރާނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި އޮތީ މީހާއަކީ ކާކުކަން ދެނެގަތުމަށް އެމީހާ އެކުގައި އުޅެނީ ކޮންބައެކަން ބެލުމަށެވެ. ވީމާ ކިތަންމެ ހެޔޮ ލަފާ ތަޤްވާވެރިއަކު ނަމަވެސް ކޮންމެ ސަބަކާއި ހުރެ ނަމަވެސް ނުރަނގަޅު ބައަކާއިއެކުގައި އުޅޭ ނަމަ އެކަމުގެ އަސަރު އެމީހަކަށް ވަރަށް ބޮޑަށް ކުރާނެއެވެ.

މިއަދު އޮންލައިން