ހުރިހާ މަސައްކަތެއް ބިދޭސީން ލައްވައި ކުރުވާފަ ޒުވާނުން ބޮޑުބެރު ޖެހީމަ ހަމަ ޤައުމު ދާނީ ކުރިއަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހުރިހާ މަސައްކަތެއް ބިދޭސީން ލައްވައި ކުރުވާފަ ޒުވާނުން ބޮޑުބެރު ޖެހީމަ ހަމަ ޤައުމު ދާނީ ކުރިއަށްތޯ؟

މިއީ އިއްޔެ ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން އިވުނު އަޑެކެވެ. ޕްރެޒެންޓަރު ވިދާޅުވީ ޤައުމުގެ ހުރިހާ މަސައްކަތްތަކެއް ކުރަން ގިނަ އަދަދެއްގެ ބިދޭސީން ތިބުމަކީ ޤައުމުގެ މިނިވަންކަމަށް ކިހައިވަރެއްގެ އަސަރެއް ކޮށްފާނެ ކަމެއް ކަމާއިމެދުގައެވެ.

 

ޖަވާބުގައި އިވިގެންދިއައީ ވަރަށް ޙައިރާން ކުރަނިވި ގޮތަކަށެވެ. ޒުވާނުންގެ ސިކުނޑިތައް ތާޒާ ކުރަން ޖެހޭ ކަމަށާއި ބޮޑުބެރު ޖެހޭނަމަ ޤައުމުގެ މިނިވަންކަމަށް މައްސަލައެއް ނެތް ފަދަ ގޮތަކަށެވެ.

 

ޕީއެސްއެމް އަކީ ޤައުމީ ޓީވީއެވެ. އެހެންކަމުން އިތުރަށް ބަހެއް ބުނުމެއް ނެތެވެ. ނަމަވެސް މިއީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން، ރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފަހައްޓަން ތިބި ޒުވާނުންނަށް މިނިވަން ދުވަހު ދޭން ހަމަ އެންމެ ރަނގަޅު މެސެޖުކަމާއި އަދި ޤައުމުގެ އިޤްޠިޞާދަށް އެންމެ ރަނގަޅު މެސެޖުކައި ވެދާނެކަމާއިމެދު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

 

ޕްރޮގްރާމް އަޑު އެހި ބައެއް މީހުން މިކަން ފާހަގަކުރަން ވަނީ އެދިފައެވެ.

މިއަދު އޮންލައިން