ރާއްޖެއާއި ގަތަރާ ގުޅުން ބަދަހި ކުރުމާމެދު މިސަރުކާގެ ސިޔާސަތު ހުރިގޮތެއް ބެލުމަށް ޚާރިޖީ ވަޒީރު މަޖިލީހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެއާއި ގަތަރާ ގުޅުން ބަދަހި ކުރުމާމެދު މިސަރުކާގެ ސިޔާސަތު ހުރިގޮތެއް ބެލުމަށް ޚާރިޖީ ވަޒީރު މަޖިލީހަށް!

ދިވެހި ރާއްޖެ އާއި ގަތަރާ ގުޅުން ބަދަހި ކުރުމާމެދު މިސަރުކާގެ ސިޔާސަތު ހުރިގޮތެއް ބެލުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި މިސުވާލު ކުރުމަށް ހުށަހެޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު އެވެ.

ޖާބިރު ހުށަހެޅުއްވި ސުވާލުގައި ވަނީ ގަތަރާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ބެލުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާ އާއި ގަލްފުގެ ބައެއް ގައުމުތަކުން ޓެރަރިޒަމަށް ވާގިވެރިވާ ކަމުމެއްގެ ތުހުމަތު ގަތަރުގެ މައްޗަށް ކުރުމުންނެވެ. 

 ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.

މިއަދު އޮންލައިން