ކަޅުވަކަރު މިސްކިތް ރޭވުން ލަސްވަނީ، އެމިސްކިތުން ހަލާކުވެފައިވާ ބައިތައް ސާފުކޮށް މަރާމާތުކުރުމަކީ ކަވި މަސައްކަތަށްވުމުންނާއި މަސައްކަތް ކުރަން ތިބި މާހިރުން މަދުވުމުން ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ލިޔެލާޖެހި ބައިތައް ސާފުކޮށް ހަލާކުވެފައިވާ ތަންތަން ފާހަގަކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު ކުރިއަށްދަނީ ލިޔެލާޖެހި ބައިތައް ސާފުކޮށް، ހަލާކުވެފައިވާ ތަންތަން ފާހަގަކޮށް މަރާމާތު ކުރުމުގެ މަސައްކަތް. މިއީ ވަރަށް ލަސްލަހުން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތެއް. އަނެއްކާ މިކަމުގެ މާހިރުން ވެސް މަދު" ނާއިލް ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.