ފަތުރުވެރިންގެ ގޮތުގައި ވިސާ ނެތި ދިވެހިންނަށް ރަޝިއާއަށް ދެވޭ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 39ސ
ފަތުރުވެރިންގެ ގޮތުގައި ވިސާ ނެތި ދިވެހިންނަށް ރަޝިއާއަށް ދެވޭ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި

ފަތުރުވެރިންގެ ގޮތުގައި ވިސާ ނެތި ދިވެހިންނަށް ރަޝިއާއަށް ދެވެ އެއްވުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

 

ފަތުރުވެރިންގެ ގޮތުގައި ރާއްޖެއިން ރަޝިއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ލިބޭނެއެވެ.

 

ރަޝިއާއިން ރާއްޖެއައި ދެމެދު ވެފައިވާ އެއެއްބަސްވުމަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނީ، ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ. ކިޔެވުމަށާއި ދިރިއުޅެން އަދި ވިޔަފާރީގެ ބޭނުންތަކަށް ރަޝިއާއަށް ދަތުރުކުރާ ފަރާތްތައް ހަމަ ކުރިއެކޭވެސް އެއްގޮތަށް ވިސާ ހައްދަން ޖެހޭނެއެވެ.

 

ދިވެހިރައްޖެއާއި ރަޝިއާ އާއި ދެމެދު އެ އެއްބަސްވުމުގައި ސޮއި ކުރެވުނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

މިއަދު އޮންލައިން