ލުތުފީ މިރޭ ރާއްޖެ ގެންނަނީ

ކިޔުމަށް ހޭދަވާނީ 43ސ
ލުތުފީ މިރޭ ރާއްޖެ ގެންނަނީ

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، މިރޭ ރާއްޖެ ގެންނާނެކަމަށް ފުލުހުން ދާދި ދެންމައަކު މައުލޫމާތު ދީފިއެވެ.

މިކަން ޔަގީން ކޮށްދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ 25 އަހަރުގެ ޖަލު ހުކުމް ކޮށްފައިވާ އަބްދުﷲ ލުތުފީ، އެމިރޭޓްސް ފްލައިޓް ނަންބަރ (EK653)  އިން މިރޭ 21:30 ގައި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

ބާޣީ ލުތުފީ މިރޭ މާލެ ގެނެސް، ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން