ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ކުރާ ދަތުރުތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ނޫސް ކޮންފަރެންސްގައެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސްރީލަންކަން އެއަރލައިންސް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުންދާ ދަތުރު ނުހުއްޓޭނެކަމަށާއި، އަދި ވަރަށް އަވަހަށް ގަމަށް ސައުތު އެޕްރިކަން އެއާލައިންސް އޮޕަރޭޓު ކުރަން ފަށާނެކަމަށެވެ.
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ބައެއް ކަންކަން ހަމަނުޖެހުމުގެ ސަބަބުން ހުއްޓާލަން ޖެހިދާނެކަމަށް މީގެ މަހެއްހާ ދުވަސްކުރިން ސްރީލަންކަންއިން ވަނީ ބުނެފައެވެ.
އައްޑޫ ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުތައް ފަށާފައިވަނީ 2017 ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.