ގިނަ ޢިލްމުވެރިންތަކެއް ރައީސް ނަޝީދަށް ރައްދުދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގިނަ ޢިލްމުވެރިންތަކެއް ރައީސް ނަޝީދަށް ރައްދުދެއްވައިފި

ދީނީ ޢިލްމުވެރިންނަކީ ސަލަފިއްޔާއަށް ގޮސް އެއްޖިންސުން ޖިންސީ ގުޅުން ހިންގަންއުޅޭ ބައެއްކަމަށް ބުނެ، ކުރީގެ ރައީސް ނަޝީދު ދައްކާފައިވާ ވާހަކަތަކަށް، ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއް ރައްދު ދެއްވަމުން އެބަގެންދަވައެވެ. 

ޢިލްމުވެރިން އެބޭފުޅުންގެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދަށް ރައްދު ދެއްވަމުންގެންދަވަނީ ސަލަފިއްޔާއިން ކިޔަވައި ވިދާޅުވި ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް އެބޭފުޅުންނަކީ އެއްޖިންސުން ގުޅުން ހިންގާ ބައެއްކަމަށް ކުރީގެ ރައީސް ނަޝީދު ސިފަކޮށްފައިވާތީއެވެ. 

މިހިނގާ އޭޕރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނ.އަތޮޅު ކުޑަފަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ނަޝީދު ބުނެފައިވަނީ ”އަޅުގަނޑުމެން، އަޅުގަނޑުމެން، މާލެ ތެރޭގައި އުޅެއުޅެފައި، ސަލަފިއްޔާ އަށް، މިތަނުގެ މާލެ ތެރޭގައި އުޅެއުޅެފައި، ސަލަފިއްޔާއަށް ގެންގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދާން އުޅެއުޅެފައި، ދެން ތިމަންނާ މީ މިވެނި އެއްޗެއްކޭ އެވެނި އެއްޗެކޭ ކިޔާފައި، އައިގޮތަށް، އަންނަ ގޮތަށް ރާއްޖެއައިސް، މާދީނީ ބޭފުޅެކޭ ކިޔައިގެން ވާހަކަ ދައްކައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު މިބޭފުޅުން ނުކުރެ، އެއީ ދީނީ ދަންނަ ބޭކަލުންނެއް ނޫން. އެއީ ފިތުނަޔާއި ފަސާދަޔާއި، މާތް ރަސްކަލާނގެ ނަހީ ކުރައްވާފައިވާ ހުރިހާ ކަމެއް ކުރަމުން ހިނގާ މީހުން“ އެވެ 

ލިޔުމުގެ އަޞްލު ވިދާޅުވުމަށް:

މިއަދު އޮންލައިން