ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުމަށް "އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހަރަކާތެއް ފަށަން އިއުލާނު ކޮށްފިއެވެ. މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އުމަރުވަނީ މިހާރު ހުޅުވާލާފައެވެ.
މި ހަރަކާތް ރަސްމީކޮށް އިއުލާނު ކުރައްވާ، އުމަރު ނަސީރު ރޭގެ ވަގުތެއެްގައި ކުރި ޓްރީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމުގައެވެ.
ކުރީގެ ހޯމް މިނިސްޓަރުގެ މި ހަރަކާތާއި ގުޅޭ ގޮތުން ރޭ ދަރުބާރުގޭގައި ވަނީ ގިނަ ބަޔަކާއި އެކު ބޮޑު ބައްދަލުވުމެއްވެސް ބާއްވައިފައެވެ.
ރޭގެ ބައްްދަލުވުމުގައި އުމަރުގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙަސަން މަނިކާއި، ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު އާއި، ދާދި ފަހުން އުފެއްދި ނެޝަނަލް ރިފޯމް ޕާޓީގެ މުޙައްމަދު ދީދީއާއި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދުގެ އިތުރުން ސިޔާސީ ބައެއް އެހެނިހެން ފަރާތްތައް ހިމެނެއެވެ.
‘India Sifain FAIBAA’ Qaumee campaign ga baiverive vadaigannavaa. India sifain raajjeyga thibumee minivankan gelligen higaidhaane kameh. pic.twitter.com/cF7mlSjMEa
— Umar Naseer (@UmarNaseerMV) February 10, 2019