ޤައުމު ހިންގަން ތިބޭ ސިޔާސީ މީހުން އިސްލާމީ ޙުދޫދުން ބޭރުވާނަމަ ބަސް ބުނަން ޖެހޭ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޤައުމު ހިންގަން ތިބޭ ސިޔާސީ މީހުން އިސްލާމީ ޙުދޫދުން ބޭރުވާނަމަ ބަސް ބުނަން ޖެހޭ!: ޝައިޚް ޢަލީ ޒައިދު

ޤައުމު ހިންގަން ތިބޭ ސިޔާސީ މީހުން އިސްލާމީ ޙުދޫދުން ބޭރުވާނަމަ ބަސް ބުނަން ޖެހޭ ކަމަށް ކަމަށް ޝައިޚް ޢަލީ ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދީނީ އިލްމުވެރިންނަކީ މިސްކިތުގައި ތިބެން ޖެހޭ ބައެއް ކަމަށް ބައެއް މީހުން ޤަބޫލު ކުރި ނަމަވެސް އިސްލާމީ ހުދޫދުތަކުން ކަންކަން ބޭރުވާނަމަ އެކަމެއްގައި ބަސް ބުނެ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތް ހާމަކުރުމަކީ ދީނީ ޢިލްމުވެރިންނަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޤައުމު ހިންގާނީ ސިޔާސީ މީހުން ކަމަށްވުމަކީ ޤައުމުގެ ކަންކަން އެމީހަކު ގެންދަން ބޭނުންވާހައި ގޮތަކަށް ކުރަން ހުއްދަ ލިބޭ ކަމެއް ނޫން ކަމަށާއި  އަދި ރާއްޖޭގެ ޤާނޫނު އަސާސީގައި ވެސް ބުނަނީ ކަންކަން ކުރަންޖެހޭނީ އިސްލާމް ދީނުގައި އޮންނަ މަގުން ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.  

 

 

މިއަދު އޮންލައިން