ބައިނަލްއަޤްވާމީ ފެތުންތެރިން ބައިވެރިވާ ބޮޑު ފެތުމެއް އަންނަ އަހަރު ބާއްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބައިނަލްއަޤްވާމީ ފެތުންތެރިން ބައިވެރިވާ ބޮޑު ފެތުމެއް އަންނަ އަހަރު ބާއްވަނީ!

ދުނިޔެއަށް މަޝްހޫރު ބައިނަލްއަޤްވާމީ ފެތުންތެރިން ބައިވެރިވާ ބޮޑު ފެތުމެއް އަންނަ އަހަރު ޜާއްޖޭގައި ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.  

ޢަލީ ވަޙިދު މިމޭރުމުން ވިދާޅުވީ ބ އަތޮޅުގައި 43 ކިލޯ މީޓަރަށް ކުރިއަށް ގެންދިއަ އަދި މިހައިތަނަށް ރާއްޖޭގައި ބޭއްވި އެންމެ ދިގު ފެތުން ނިންމައިލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.  

ޢަލީ ވަޙީދު ވިދާޅުވީ ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ހޯދަން ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެކަންކަން ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރަށްވުރެ ބޮޑު ތަރްޙީބެއް ލިބި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. "މިއަހަރު އަމާޒު ހިފާފައި މިވަނީ 1.5 މިލިއަން ފަތުރުވެރިންނަށް. މިވެރިކަމުގެ 5 އަހަރު ނިމޭއިރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނު ކުރައްވާފައިވާ ލަނޑުދަނޑިއަކީ 2.5 މިލިއަން ފަތުރުވެރިން. އިރާދަ ކުރެއްވިއްޔާ ރައީސްގެ ލަނޑުދަނޑިތައް ހުރިހާ ކަމަކުންވެސް މިސަރުކާރުގައި ޙާޞިލުކުރެވޭނެ."

ޢަލީ ވަޙިދު ވިދާޅުވީ ފެތުމަކީވެސް ރާއްޖޭގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ފެތުން ފަދަ މޫދު ކުޅިވަރުތަކުގެ އިތުރުން ރާއްޖޭގެ ތާރީޚާއި ގުޅުން ހުރި ޘަޤާފީ ތަރިކަތައް އެބަހުރި ކަމަށާއި އެކަންކަމުގެ ބޭނުން ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ހޯދޭނެ ކަމަށެވެ. 

މިއަދުވެސް ޢަލީ ވަޙީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވިދާނެ ކަމަށް ޒުވާނުންނަށް ފެންނަ ކަންތައްތަކުގެ ޚިޔާލާއިއެކު ސަރުކާރަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

 

 

މިއަދު އޮންލައިން