ފ. ފީއަލީ ގައި ޑެންގޫހުން ޖެހިގެން މާލެ ގެނައި ކުދިންތަކެއްގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދީފިއެވެ.
ޑެންގޫ ހުން ޖެހިގެން، އެމްއެންޑީއެފް ސީއެމްބިއުލޭންގައި ފީއަލިން އިއްޔެ މާލެ ގެނައި ހަ ކުދިންގެ ތެރެއިން، ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާ ދީފައިވަނީ އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެކުއްޖާއަށް މިހާރު ވެސް އައިޖީއެމްއެޗް އައިސީޔޫ ގައި ފަރުވާ ދެމުންދާއިރު، ހާލު ކްރިޓިކަލް ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެް ގެ ސީއީއޯ މުޙައްމަދު މުފީދު ވިދާޅުވެފައިވަނީ، ފީއަލިން ރޭ ގެނައި ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް އެހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް ދެ ކުދިންނަށް އަދިވެސް ފަރުވާ ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޑެންގޫ ހުން ފީއަލީގައި ހަލުވި ކަމާއެކު ފެތުރިފައިވާއިރު، ބޭރަށް ހިންގުން ވެސް ދަނީ އެރަށުގައި ފެތުރެމުންނެވެ. ފީއަލީ ކައުންސިލުން ބުނިގޮތުގައި އެރަށުން ބޭސް ވެސް ވަނީ މިހާރު ހުސްވެފައެވެ.