ކިތަންމެ ރަނގަޅު، އަދުލުވެރި ވެރިއެއް ވެރިކަމުގައި ހުރި ނަމަވެސް އެވެރިއެއްގެ ވަޒީރުންނާއި މުވައްޒަފުންގެ ކަންކަމުގެ ޒިންމާ ނުއުފުލާނަމަ އަދި އެބައިމީހުން ޒިންމާދާރު ނުކުރެވޭހައި ހިނދަކު އެވެރިއެއްގެ ހެވެއް ރައްޔިތުންނަށް ފޯރައިގެން ނުދާނެއެވެ. އަދި އެއީ އަދުލުވެރިވުމެއް ވެސް ނޫނެވެ.
މިއީ ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ޝައިޚް ޝަފީއުގެ ބަސްފުޅުން އެނގިގެންދަނީ ސަރުކާރުގެ ވަޒީރުންނާއި މުވައްޒިފުން ކުރާ ވައްކަމާއި ހިންގާ ކޮރަޕްޝަންގެ އަމަލުތައް އެންމެ އިސް ވެރިމީހާ ހުއްޓުވަން ޖެހޭނެ ކަމެވެ. އަދި ފިޔަވަޅު ވެސް އަޅަން ޖެހޭނެ ކަމެވެ. ފިޔަޅު ނުއެޅުމަކީ އަދުލުވެރިވުން ވެސް ނޫން ކަމެވެ.
އެހެންކަމުން ދައުލަތުގެ މާލިއްޔަތުން ގިނަ އަދަދެއްގެ ވައްކަން ކުރަން ފުރުޞަތުދީ މަގުފަހިކޮށްދީ އަދި ފިޔަވަޅު ނުއަޅައިގެން ރައްޔިތުން ޝަކުވާ ކުރުމުން މައްސަލަވެސް ނުބަލައި ހުރުމަށްފަހު ހުރިހާ ވައްކަމެއް ހުއްޓެނީ "އަދީބާ ހަމައިން" ކަމަށް ބުނުން ފަދަ ކަންކަން ކުރުމަކީ އަދުލުވެރި ވެރިއަކު ކުރާނެ ކަމެއް ނޫންކަމެވެ. އަދި ކޮށްގެންވެސް ވާނެ ކަމެއް ނޫން ކަމެވެ.
ކިތަންމެ ރަނގަޅު، އަދުލުވެރި ވެރިއެއް ވެރިކަމުގައި ހުއްޓަސް، އޭނާގެ ވަޒީރުންނާއި މުވައްޒަފުންގެ ކަންކަމުގެ ޒިންމާ އުފުލައި، އެބައިމީހުން ޒިންމާދާރު ނުކުރެވޭހާ ހިނދަކު އެވެރިއެއްގެ ހެވެއް ރައްޔިތުންނަށް ފޯރައިގެން ނުދާނެއެވެ. އަދި އެއީ އަދުލުވެރިވުމެއްވެސް ނޫނެވެ.
— Shafeeu Abdullah (@shafeeu26) February 8, 2019